އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް 1,000 ޑޮލަރު ލިބޭނެ ގޮތް ހަދަނީ
އަދަދު
21 ޖުލައި 2025 | ހޯމަ | 6:45
އަންނަ އޮގަސްޓް 1، އިން ފެށިގެން އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރާ މީހުންގެ ޑޮލަރު ލިމިޓް 2،000 އަށް ބޮޑުކުރަން އަންގާފައިވާ ކަމަށެވެ.
އެ ނިންމުމުގެ އިތުރުން އަމިއްލަ ހަރަދުގައި ބޭރަށް ބޭސްފަރުވާއަށް ދާނަމަ 1،000 ޑޮލަރު ބޭންކުން ގަންނަން ލިބޭ ގޮތަށް ވެސް ހަމަޖައްސަން އަންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.