ދަރަނި ދައްކަން ދަތި ނުވެ، ވައުދުވި ހުރިހާ މަޝްރޫއެއް 2028 އަށް ނިންމާނަން: ރައީސް
އަދަދު
21 ޖުލައި 2025 | ހޯމަ | 7:14
ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވައުދުވި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.
"އެހެންވީމަ ވަރަށް ޕްލޭން ކުރެވިގެން. އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާ ގޮތަށް ޕްލޭން ކުރުމާ އެކީގައި ރައްޔިތުންނަށް ހުރި މިކަހަލަ އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން މި ތަރުތީބު ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.