ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ސްޓަޑީ ކޭމްޕެއް ފަށައިފި

އަދަދު

21 ޖުލައި 2025 | ހޯމަ | 8:05

އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ހާއްސަކޮށްގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ސްޓަޑީ ކޭމްޕެއް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމްގައި ސައިކޮލަޖީ ކިޔަވައި ދެނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީގެ ޑރ. ޗޮންގް އެވެ. ހިސާބު ކިޔަވައި ދެނީ އެޑްއެކްސެލް އެގްޒެމިނަރެއް ކަމަށްވާ ސްރީ ލަންކާގެ މެލްކޮމް ފެނާންޑޯ އެވެ. މި ދެ މާއްދާގެ ކޭމްޕް ކުރިއަށް ދާނީ މިމަހުގެ 24ގެ ނިޔަލަށެވެ.

ސައިންސްގެ މާއްދާތަކުގެ ކޭމްޕު އަންނަ މަހުގެ ކުރީކޮޅު ކުރިއަށް ގެންދަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ނިންމައިފަ އެވެ.

މައުޟޫޢުތަށް