މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކަށް މޯދީ ހަދާތީ ސަލަފުގެ ރައީސް ފާޑުކިޔައިފި

އަދަދު

21 ޖުލައި 2025 | ހޯމަ | 10:55

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ހޮނިހިރު ދުވަހު ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަމަޖެއްސުމަކީ މުސީބާތެއް ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ އިބްރާހިމް ފާޑު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓުގައި، މުސްލިމުންނަށް ގިނަ އަނިޔާތަކެއް ދީފައިވާ ޓެރަރިސްޓެއްގެ ގޮތުގައި މޯދީ ސިފަކުރައްވައި، އޭނާއަށް މި ރާއްޖޭގެ ކަންކަމުގެ ޝަރަފު ދިނުމަކީ ކަންބޮޑުވުމެއް ކަމުގައި ވަނީ ފާހަގަކުރައްވަ އެވެ.

އަބްދުﷲ އަކީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުގެ ބޭބެ އެވެ.

މައުޟޫޢުތަށް