ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އިއުލާނުކޮށްފި

އަދަދު

22 ޖުލައި 2025 | އަންގާރަ | 4:19

ރާއްޖެއާއި ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ދޫކުރަން ނިންމި ދަރިވަރުންގެ ވަގުތީ ލިސްޓެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އިއުލާންކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން 806 ދަރިވަރުން ޝަރުތު ހަމަވިއިރު، ޝަރުތު ހަމަވި އެންމެންނަށް ލޯނު ދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މިނިސްޓްރީން ބުނީ ވަގުތީ ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު އަންގާފައިވާ ކަމަށާއި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މައުޟޫޢުތަށް