ސަރުކާރުން މަސައްކަތް ކުރަނީ މަދު ބައެއްގެ ހިމާޔަތުގައި ކަމަށް ބުނެ ޕީއެންސީ ވެލިދޫ ދާއިރާގެ ނައިބު ރައީސް އެ ޕާޓީން ވަކިވެއްޖެ
އަދަދު
22 ޖުލައި 2025 | އަންގާރަ | 9:18
ޕީއެންސީގެ ނ. ވެލދޫ ދާއިރާގެ ނައިބު ރައީސް، އަބްދުالله ހުމެއިދު އެ މަގާމުން އިސްތިއުފާދީ ޕާޓީން ވެސް ވަކިވެއްޖެ އެވެ.
ޕީއެންސީން ވަކިވިކަން އަންގައި ފޭސްބުކްގައި ހުމެއިދު ކުރި ދިގު ޕޯސްޓެއްގައި ބުނީ އޭނާ އެ ޕާޓީން ވަކިވީ ނިކަމެތިންނަށް ދެރަގޮތްވެފައި ބޮޑެތި ބޭފުޅުންނަށް މޮޅު ގޮތްވާ ދިމާލަށް ގައުމުގެ މިސްރާބު ޖެހުމުން ކަމަށެވެ.
"މި ނިންމުމަކީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން، މި ނިންމުން ނިންމަން މަޖުބޫރުވީ ގައުމު މިދާ މިސްރާބާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން، އާދައިގެ ނިކަމެތިންނަށް ދެރަގޮތްވެފައި ވަކި ބޭފުޅުންތަކަކަށް މޮޅު ގޮތްވާ ދިމާލަކަށް ގައުމުގެ މިސްރާބު ޖެހުމުން،" ހުމައިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.