މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް އަބްދުﷲ ކުރި ޕޯސްޓު ޑިލީޓުކޮށްލައިފި

އަދަދު

22 ޖުލައި 2025 | އަންގާރަ | 9:34

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މުސްލިމުން މަރާ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު އޭނާ ޑިލީޓުކޮށްފި އެވެ.

ރޭ 8:24 ގައި އެކްސްގައި އަބްދުﷲ ޕޯސްޓެއް ކުރީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވާ ހަފުލާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ މާލެ ވަޑައިގަންނަވާތީ އެކަމާ ނުރުހުންވެ އެވެ.

"މޯދީއަކީ އިސްލާމުންގެ ބޮޑު އަދާވާތްތެރިއެއް، ބާބަރީ މިސްކިތް ތަޅާ، އެތާ ފައްޅި އަޅައި، މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ، އެތައް މުސްލިމުންނެއް އަންދާލައި، އަހުމަދު އާބާދު ގަބުރުސްތާނަށް ހެދި ޓެރަރިސްޓެއް. މި ރާއްޖޭގެ ކަންކަމުގެ ޝަރަފު އޭނާއަށް ދިނުމަކީ ބޮޑު މުސީބާތެއް،" އަބްދުﷲ ބުނެފައިވެ އެވެ.

މައުޟޫޢުތަށް