އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި ހޯމަ ދުވަހު ފަށަނީ

އަދަދު

23 ޖުލައި 2025 | ބުދަ | 9:04

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް އަންނަ ހޯމަ ދުވަހު ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމުގެ ގޮތުން އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 3، ގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަހުލުވެރި ދަތުރުތަކަށްފަހު އޮގަސްޓް 4، އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅަށް ލިބޭނީ ޓިކެޓު ނަގައިގެން ކަމަށާއި ޓިކެޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮގަސްޓް 1، އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް