ޕޮލިސް ބޯޑުން ވަކިކުރި އޮފިސަރުންގެ މައްސަލައިގައި ދައުލަތުން ތަފާތުކުރުމުން މައްސަލަ ބޭރުކޮށްލައިފި
އަދަދު
23 ޖުލައި 2025 | ބުދަ | 10:50
ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ފަސް ސީނިއާ އޮފިސަރުންގެ މައްސަލައިގައި ދައުލަތުން ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ހައި ކޯޓުން މި މައްސަލަ ބޭރުކޮށްލީ، މި އޮފިސަރުން ވަކިކުރި ނިންމުން ސިވިލް ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރި އިރު މި މައްސަލައިގައި ހިމެނޭ މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދުގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ނަމަވެސް އަބްދުالله ޝަރީފާއި މުހައްމަދު ދާއުދާއި އިސްމާއިލް ޝަމީމް އާދަމް ތިބީ އަދިވެސް ފުލުހުންގެ ވަޒީފާގަ އެވެ.
މި މައްސަލައިގައި ދައުލަތުން ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަ ހުށަހެޅީ ވަޒީފާގައި ތިބި ފުލުހުންނެވެ. މި ހުށަހެޅުމުގައި ކުރީގެ ދެ އޮފިސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.