ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ވެލިދޫގައި ސީޕްލޭން ދަތުރުތައް ފަށައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަދަދު

23 ޖުލައި 2025 | ބުދަ | 10:52

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ވެލިދޫގައި ސީޕްލޭން ދަތުރުތައް ފަށައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ވެލިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވިހަފަރުގައި އެއާޕޯޓެއް ގާއިމުކުރެވެންދެން ވެލިދޫއަށް ހާއްސަކޮށްގެން ސީ-ޕްލޭން ޕްލެޓްފޯމެއް އަންނަ ޖެނުއަރީ މަހު ގާއިމުކޮށްދީ އޮޕަރޭޝަން ފަށައިދޭނެ ކަމަށެވެ.

"ދެން އެ އެއާޕޯޓު (ވިހަފަރު އެއާޕޯޓު) ގާއިމު ކުރެވެންދެކަށް ވެސް އަދި ފަހުން ވެސް ބޭނުންވަންޏާ ބޭނުން ކުރުމަށްޓަކައި އަޅުގަނޑުމެން މި ރަށަށް ހާއްސަކޮށްގެން ސީ-ޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ ރެގިއުލާ ސީ-ޕްލޭން އޮޕަރޭޝަން ފަށައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް