މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފުގެ ރައީސް ކުރި ޕޯސްޓު ޑިލީޓްކުރަން އެންގީ ސަލަފުން
އަދަދު
24 ޖުލައި 2025 | ބުރާސްފަތި | 10:44
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ މުސްލިމުން މަރާ ޓެރަރިސްޓެއް ކަމަށް ބުނެ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ޑިލީޓްކުރީ ސަލަފުން އަންގައިގެންކަން އެނގިއްޖެ އެވެ.
ސަލަފުގެ ތަރުޖަމާނު މުހައްމަދު ތަސްލީމް އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މޯދީއާ ގުޅޭގޮތުން އަބްދުﷲ ކުރެއްވި ޕޯސްޓު ޑިލީޓްކުރަން ސަލަފުން އެންގީ އެ ޖަމިއްޔާގެ އުސޫލާއި ގަވާއިދުގެ ތެރެއިން އެކަން ގޮސްފައި ނެތީމަ ކަމަށެވެ.
"ޖަމިއްޔާގެ ރައީސް ވެސް މިހާރު ޓުވީޓުކޮށްފައި އޮތީ ކޮމިޓީއަށް ނުވެސް އެނގި. މިކަހަލަ ހައްސާސް މައްސަލައެއްގައި އެހެންވީމަ އެ އުސޫލުން ގަވާއިދުގެ ތެރެއިން އެކަން ގޮސްފައި ނެތީމަ ކޮމިޓީން އަންގާފައި އެއޮތީ ރައީސަށް އެ ޑިލީޓްކުރަން. އެހެންވެގެން އެ ޑިލީޓްކޮށްފައި އެ އިނީ،" އޭނާ ވިދާޅުވި އެވެ.