މިނިވަން ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ

އަދަދު

24 ޖުލައި 2025 | ބުރާސްފަތި | 4:13

ގްރޭޓާ މާލެ ސަރަހައްދުގައި ހޮނިހިރު ދުވަހު މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކާއި ގުޅިގެން ހުރިހާ ބާވަތެއްގެ އުޅަނދު އެ ދުވަހު 15:00 އިން ފެށިގެން އިރުއޮއްސި 6:00 ޖެހުމާ ހަމައަށް ދުއްވުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިވަން ދުވަހު ހަވީރު ހުރިހާ އުޅަނދެއް ދުއްވުން މަނާކުރީ އެ ދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ކުރިއަށް ގެންދާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަ ކުރުމުގެ އިތުރުން ސެކިއުރިޓީ މަސައްކަތަށް ފަސޭހަ ކުރުމަށް ކަމަށެވެ.

މިނިވަން ދުވަހާއި ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި މާދަމާ މެންދުރު 13:00 އިން އިރުއޮއްސި 18:00 އަށް އަދި އާދީއްތަ ދުވަހު އިރުއޮއްސި 18:00 އިން ފެށިގެން މެންދަމު 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް ޓްރާންސްޕޯޓުން ވަނީ މަނާކޮށްފަ އެވެ.

މައުޟޫޢުތަށް