އިންޑިއާއިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

އަދަދު

25 ޖުލައި 2025 | ހުކުރު | 8:11

ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން އިންޑިއާއިން ދިވެހިރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި އެވެ.

ޕޯޓަބަލް ހޮސްޕިޓަލްތަކަށް ކިޔަނީ "އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އެވެ. އިންޑިއާގެ ފަރާތުން އެތަކެތި ހަދިޔާ ކުރެއްވީ ބޮޑުވަޒީރު މޯދީ އެވެ. ރާއްޖޭގެ ފަރާތުން އެ ދެ ހޮސްޕިޓަލް ބަލައިގަތީ މުއިއްޒެވެ.

ކޮންމެ ތަނެއްގައި ވެސް ސެޓްއަޕް ކޮށްލެވޭ އެ ހޮސްޕިޓަލްތަކުގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ އެހެނިހެން ހިދުމަތްތައް ހިމެނޭނެ އެވެ. އެެއިން ހޮސްޕިޓަލުން މެދުނުކެނޑި 72 ގަޑިއިރު ހިދުމަތް ދެވޭނެ އެވެ. އަދި ގިނަވެގެން 200 މީހުންނަށް ފަރުވާދެވޭނެ އެވެ.

މައުޟޫޢުތަށް