އިންޑިއާއާއެކު މިއަދު މި ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެނެއް ނުނަގާނެ: މުއިއްޒު
އަދަދު
25 ޖުލައި 2025 | ހުކުރު | 10:33
އިންޑިއާއާއެކު މިއަދު ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެން ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ދެކަނބަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވާ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއް ކަނޑެއްގައި ހިމެނޭ ރާއްޖެ އާއި އިންޑިއާގެ ގުޅުން މިއަދު ގާތާލީ މި ކަނޑުން ނަގާ ރާޅަކުން ވެސް މުގުރާ ނުލެވޭ ވަރަށް ކަމަށެވެ.
"އެއް ކަނޑަކުން މިއަދު އަހަރުމެންގެ ގުޅުން މި ގަތާލީ އެއްވެސް ރާޅަކުން މުގުރާ ނުލެވޭ ވަރަށް،" މުއިއްޒު ވިދާޅުވި އެވެ.