ބޮޑު ރަސްމިއްޔާތެއް ބާއްވައި ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބާއި ހުވާގެ މަތިން ހަނދާން އާ ކޮށްދީފި
އަދަދު
26 ޖުލައި 2025 | ހޮނިހިރު | 12:22
ދިވެހި ސިފައިންނާއި ފުލުހުންނަކީ ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަށް ހަށިގަނޑާއި ފުރާނައިން ގުރުބާން ވާން ތައްޔާރަށް ތިބެންޖެހޭ ބައެއްކަން މިނިވަން ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާއެއްގައި އަލުން ހަނދާން އާ ކޮށްދީ އަޒުމު އާ ކޮށްދީފި އެވެ.
ފުލުހުންނާއި ސިފައިންގެ އަޒުމު އާކޮށްދިނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފުލުހުންނާއި ސިފައިންނާ މިއަދު ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންނާ މުހާތަބު ކުރައްވައި ވާހަކަ ވެސް ދައްކަވައިފަ އެވެ.
ސިފައިންނަށް އަޒުމު ލައިދެއްވީ ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. އޭނާ ވަނީ ސިފައިންގެ ހުވާ އާއި ޒިންމާގެ މަތިން ހަނދާން އާ ކޮށްދެއްވައިފަ އެވެ.