ހުރިހާ ޖަލުތަކެއް ފެންނަ ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވައިފި

އަދަދު

26 ޖުލައި 2025 | ހޮނިހިރު | 12:38

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ޖަލެއްގެ ކެމެރާތައް އެއްތަނަކުން ބެލޭނެ ގޮތަށް ހަދައި ސެންޓްރަލް ސީސީޓީވީ ރޫމެއް ހުޅުވަން ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މިއިީ ހުޅުމާލޭ ޖަލުގައި އަލަށް ގާއިމުކުރި ސެންޓްރަލް ސެކިއުރިޓީ ކޮމާންޑުން ބަލަހައްޓާ ތަނެކެވެ. އެ ތަން ހުޅުވައިދިނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. ހުރިހާ ޖަލެއްގެ ސީސީޓީވީ 24 ގަޑިއިރުން މި ތަނުން މޮނީޓަރު ކުރެވޭނެ އެވެ.

"މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެއް. އަދި މުސްތަގްބަލްގައި މިސިސްޓަމްއަށް އޭއައި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ،" ކަރެކްޝަނުން ބުނެފައި ވެ އެވެ.

މައުޟޫޢުތަށް