ޔާމީނާއި ސޯލިހުގެ ސަރުކާރުން ބޮޑުބައި ނިންމި އާ ޓާމިނަލްގެ ޝުކުރު މުއިއްޒަށް!

އަދަދު

26 ޖުލައި 2025 | ހޮނިހިރު | 10:04

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށް ވައިގެ ތެރޭގައި ޑްރޯންތަކުން ނަން ފަވައިފި އެވެ.

ޖުމުލަ 20 މިނެޓަށް ދިގުދެމިގެންދިޔަ އެ ޑްރޯން ޝޯގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ބައެއް މަންޒަރުތަކާއި ރާއްޖޭގެ ރީތިކަމާ ގުޅޭ މަންޒަރުތަކުގެ އިތުރުން ދިވެހިވަންތަކަން ފެންނަ ބައެއް މަންޒަރުތައް ޑްރޯންތަކުން ވައިގެ ތެރޭގައި ފަވައިލި އެވެ.

އެ ޑްރޯން ޝޯގެ މެދުތެރެއިން ފެނުނު އެންމެ ތަފާތު މަންޒަރަކީ "ޝުކުރިއްޔާ ޑރ. މުހައްމަދު މުއިއްޒު" ޑްރޯންތަކުން ފަވައިލުމެވެ. ޑްރޯން ޝޯގައި މުއިއްޒުއަށް ޝުކުރު އަދާކުރި ނަމަވެސް، އެ ޓާމިނަލަށް ބޭނުންވާ ފައިސާ އާއި މަސައްކަތުގެ ބޮޑުބައި ނިންމީ ކުރީ ދެ ސަރުކާރުންނެވެ.

މައުޟޫޢުތަށް