ނިޝާން އިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ސޯބިރާއި ގާސިމަށް
އަދަދު
27 ޖުލައި 2025 | އާދިއްތަ | 9:04
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ ލަގަބު މިފަހުން ރިޓަޔާކުރެއްވީ ކުރީގެ ޗީފް ޖަސްޓިސް އަހުމަދު މުއުތަސިމް އަދުނާނާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް މިއަދު އަރުވައިފި އެވެ.
އެކި ދާއިރާތަކުން ދައުލަތާއި ރައްޔިތުންނާއި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި މި ތިން ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން، ރައީސް މުހައްމަދު މުއިއްޒެވެ.
ދައުލަތުގެ މަތިވެރި ލަގަބު އެރުވުނު މުއުތަސިމްއަކީ ހާރިޖީ ދާއިރާ އާއި ޝަރުއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ، ޝަރުއީ ދާއިރާގެ އަގުހުރި ހިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ވަޒީފާގެ ހަޔާތާ ބެހޭ ގޮތުން ޖަލްސާގައި ދެއްކި ޕްރެޒެންޓޭޝަނުގައި ބުނީ މުއުތަސިމަކީ ހާރިޖީ ދާއިރާއަށް ގާނޫނީ ލަފާ ވެސް ދެއްވި ބޭފުޅެއް ކަމަށެވެ.