ފްލެޓް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި އެއްބަސްވުން ހެދުމުން ފަހި ޔޫނިއަންގެ ކަންބޮޑުވުން
އަދަދު
27 ޖުލައި 2025 | އާދިއްތަ | 2:09
މިދިޔަ އެމްޑީޕީ ސަރުކާރުން ޕްލޭން ކޮށްގެން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްގެ އެއްބަސްވުމަށް ބަދަލުތައް ގެނެސް، ފްލެޓްތައް އަތުލެވޭ ގޮތަށް ނުރައްކާތެރި މާއްދާތައް ހިމަނައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެއްބަސްވުން އެކުލަވާލުމުން ފަހި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފަހި ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވީ އެފްޑީސީން މިހާރު އަލަށް އެކުލަވާލި ފްލެޓް އެއްބަސްވުމުގެ ދަށުން އެއްވެސް ހާލަތެއްގައި ކުލި ނުދެއްކިއްޖެނަމަ، އެ ފްލެޓެއް ގެއްލުވާލުމުގެ ބާރު އެފްޑީސީއަށް ލިބިގެންވާ ކަމަށެވެ.
"ކުލި އެއްވެސް ހާލަތަކާ ގުޅިގެން ނުދެއްކިއްޖެ ކަމަށްވާނަމަ މިވާގޮތަކީ ފްލެޓް ގެއްލުވާލުމުގެ ނުވަތަ ފްލެތް އަތުލުމުގެ ބާރު އެބަ އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް. އެފްޑީސީއަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް އެނގޭތޯ. މީގެ ނުރައްކާތެރިކަން މިހެން ތިބެ ވިސްނާލީމަ ކުއްލިއަކަށް ނޭގޭނެ،" އޭނާ ވިދާޅުވި އެވެ.