ހުލާސާކޮށް އިއްޔެ: ތަފާތު ވިސްނުންތައް ހުރުން ގޯސް ކަމަށް މުއިއްޒު ގަބޫލުކުރުން
އަދަދު
28 ޖުލައި 2025 | ހޯމަ | 5:54
އެމަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށާއި އެކަން ކުރެވޭނީ ވެސް އެއް މިސްރާބެއްގައި، އެއް ވިސްނުމެއްގައި ގައުމުގެ އެންމެހާ ފަރުދުން ކުރިއަށްދާނަމަ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.
ޖުލައި 26، 2025 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި މުއިއްޒު ދެއްވީ މީގެ ކުރިން މިފަދަ ހާއްސަ ދުވަސްދުވަހު އެމަނިކުފާނު ދެއްވި ތަގުރީރުތަކަށް ވުރެ ކުރު ތަގުރީރެކެވެ.
މިނިވަންކަން ހިމާޔަތް ކުރެވިފައިވަނީ އެތައް ބައެއްގެ މަސައްކަތުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ މިނިވަންކަން އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މުއިއްޒުގެ ތަގުރީރުގައި ވިދާޅުވި އެވެ.