މާވަށުގައި މީހަކު މަރާލުން: ހަމަލާދިން މީހާ ހައްޔަރުކޮށްފި
އަދަދު
28 ޖުލައި 2025 | ހޯމަ | 1:09
ލ. މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރައިލި ހާދިސާއާ ގުޅިގެން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29 ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ މާރާމާރީއަކީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ.
ވަޅީގެ ހަމަލާގައި މަރުވީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ. އޭނާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ. ވަޅީގެ ހަމަލާ އެރީ މޫސާ އިބްރާހިމްގެ ކަރަށެވެ.