މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ
އަދަދު
28 ޖުލައި 2025 | ހޯމަ | 2:48
މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ އަދި ޕާލިމެންޓްރަރީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް އިކުއިނާ އަކީކޯ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 1.56 ބިލިއަން ޖަޕަނީސް ޔެން (10.5 މިލިއަން ޑޮލަރު) ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން ދޭނެ އެވެ.