އާރްޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކޮށް، ބަދަލުގައި އަޅިކުލަ އިތުރުކޮށްފި
އަދަދު
28 ޖުލައި 2025 | ހޯމަ | 7:30
މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ގެ ލޯގޯގައި ހުރި ރީނދޫ ކުލަ އުނިކޮށް، ބަދަލުގައި އަޅި ކުލަ ބޭނުން ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި، އެމްޓީސީސީގެ ދަށުން ދޭ އާރްޓީއެލް ހިދުމަތުގެ ލޯގޯއަށް ބަދަލު ގެނެސްފައިވާކަން އެނގުނީ ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް އެ އަތޮޅަށް ގެންދިޔަ ލޯންޗުތަކުގެ ބޭރު ދަވާދަށް ގެނެސްފައިވާ ބަދަލުންނެވެ.
އެ ކުންފުނިން އާާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ގެންދިޔަ ލޯންޗުތަކުގެ ބޭރުގައި ލާފައި ހުރީ މަޑު ނޫ ކުލަ އާއި ގަދަ ނޫ ކުލައިގެ އިތުރުން އަޅި ކުލަ އެވެ. މިހާރު އަޅި ކުލަ ލާފައި ހުރި ތަންތަނުގައި މީގެ ކުރިން ލާފައި ހުންނަނީ ރީނދޫ ކުލަ އެވެ. އެ ލޯންޗުތަކުގައި ޖަހާފައި ހުރި އާރްޓީއެލް ލޯގޯގައި ވެސް ހުރީ ރީނދޫ ކުލައިގެ ފަށް އަޅި ކުލައަށް ބަދަލުކޮށްފަ އެވެ.