ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި

އަދަދު

29 ޖުލައި 2025 | އަންގާރަ | 8:35

އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ރެކްޓާ މިންގަނޑުން 6.2 ބާރުމިނުގައި ރޭ އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރޭ 11:41 ގައި އައި އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވި ނަމަވެސް، ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މައުޟޫޢުތަށް