ހޯމް މިނިސްޓްރީގެ ވެރިޔަކު ލަންކާގެ ރައީސް އަށް ފުރައްސާރަކޮށްފި
އަދަދު
29 ޖުލައި 2025 | އަންގާރަ | 10:39
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރިފާތު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއަށް ފުރައްސާރަކޮށް، ފޭސްބުކްގައި ކުރި ޕޯސްޓު ޑިލީޓު ކޮށްފި އެވެ.
"ނަސީބެއްނު، މުންޑެއް ލައިގެން ނައިކަން،" ރަސްމީ ދަތުރެއްގައި އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔެކެ އަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔުމަށް އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ވަގުތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާއެކު ހުންނެވި ފޮޓޯއަކާއެކު ރިފާތު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އެގޮތަށް ކޮމެންޓު ކުރެއްވުމާ ގުޅިގެން މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އެ ޕޯސްޓު ރިފާތު ޑިލީޓު ކުރެއްވި އެވެ.