ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ހިދުމަތްތައް މެދުކެނޑިއްޖެ

އަދަދު

29 ޖުލައި 2025 | އަންގާރަ | 10:13

ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސާވާއަށް މައްސަލަ ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭ. މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް