އިސްލާމިކް މިނިސްޓަރު ޝަހީމަށް އެމެރިކާއިން ވިސާއެއް ނުދިން

އަދަދު

30 ޖުލައި 2025 | ބުދަ | 9:36

އެމެރިކާގައި ބޭއްވި މުހިންމު ކޮންފަރެންސެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރަން ވަޑައިގަތުމަށް ވިސާއަށް އެދިވަޑައިގަތުމުން އެމެރިކާއިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމުގެ ވިސާ އެޕްލިކޭޝަން ރިޖެކްޓުކޮށްފި އެވެ.

ޝަހީމް ވަޑައިގަންނަވަން އުޅުއްވީ ފަލަސްތީނު-އިޒްރޭލު މައްސަލައިގައި މަޝްވަރާ ކުރަން އދ. ގެ ފަރާތުން ބޭއްވި ކޮންފަރެންސަކަށެވެ. އެއީ "ހައި-ލެވެލް ކޮންފަރެންސް އޮން ޓޫ ސްޓޭޓް ސޮލިއުޝަން ފޯ އިޒްރޭލް އެންޑް ފަލަސްތީން" އެވެ.

އިތުބާރު ކުރެވޭ ދެ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އެމެރިކާއަށް ވަޑައިގެންނެވުމަށްޓަކައި ސްރީ ލަންކާގައި ހުންނަ އެމްބަސީއަށް ޝަހީމް އެޕްލިކޭޝަން ހުށަހެޅުމުން ރިޖެކްޓުކޮށްފައިވާ ކަމަށެވެ. އެޕްލިކޭޝަން ރިޖެކްޓު ކުރި ސަބަބެއް އެމްބަސީ އިން ޝަހީމަށް ވެސް އަންގާފައެއް ނުވެ އެވެ.

މައުޟޫޢުތަށް