މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވެއްޖެ

އަދަދު

29 ޖުލައި 2025 | އަންގާރަ | 4:40

ވަރަށް ގިނަ ފިހާރަތަކުން ފިޔާ ހުސްވެ، މުޅި މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވެއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ފިޔަލުގެ ދަތިކަން ކުރިމަތިވީ، އިންޑިއާއިން ރާއްޖެ ދަތުރު ކުރާ ލަކުޑި ބޯޓުތައް ދަތުރު ކުރުން ހުއްޓާލުމުންނެވެ. ޖުލައި މަހުގެ ވިއްސާރަގަނޑު ތެރޭ އެހެން ނޫނަސް ލަކުޑި ބޯޓުތައް ދަތުރެއް ނުކުރެ އެވެ.

މާލޭގައި ހިންގާ ބޮޑެތި ވަރަށް ގިނަ މާޓުތަކުން ހުރީ ފިޔާ ހުސްވެފަ އެވެ. އަދި ފިޔާ އިމްޕޯޓު ކުރާ ބައެއް ތަންތަނުގައި ވެސް މިވަގުތު ފިޔައެއް ނެތެވެ. ގިނަ ކުދި ފިހާރަތަކުގައި އެއްގޮތަކަށް ވެސް ފިޔާ ނެތް ކަން މި ނޫހަށް އެނގިފައިވެ އެވެ.

މައުޟޫޢުތަށް