ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
އަދަދު
29 ޖުލައި 2025 | އަންގާރަ | 8:14
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުންގެ ތެރެއިން ތިން ބޭފުޅެއްގެ ދައުރު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް 12، ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 6، ގައި ވެސް ރައީސް އޮފީހުން ހުޅުވާލި އެވެ. ޖުލައި 20، ގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގެ މުއްދަތު މިއަދު އިތުރުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.