ހަތަރު ފުރޮޅުލީ 300 އުޅަނދުގެ ޕާކިން ބިލްޑިން އަކާއި ކާނިވާއެއް ހަދަނީ
އަދަދު
30 ޖުލައި 2025 | ބުދަ | 9:20
ހަތަރު ފުރޮޅުލީ 300 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިން އަކާއި ކާނިވާއެއް ހަދާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓު ކޮށްފައިވާ އިއުލާނުގައި ވަނީ މާލޭ އުތުރު ފަރާތުގެ ބިމެއްގައި ހަދާ ބޮޑު ޕާކިން ބިލްޑިން އިމާރާތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޯގަސްޓު 6 ގައި އޮންނާނެ ކަމަށާއި ބީލަން ހުށަހެޅުން އޮންނާނީ އޯގަސްޓު 13 ވަނަ ދުވަހު ކަމަށެވެ.
ޕާކިން ބިލްޑިންގެ އިތުރުން، ސައިކަލް ޕާކް ކުރުމަށް މާފަންނު އަދި ގަލޮޅު މައިޒާނުގެ އަދި ޑަންޑެހެލު ޕާކުގައި 700 ސައިކަލްގެ ޖާގަ ހަދަން މަސައްކަތް ކުރާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.