މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަނީ
އަދަދު
30 ޖުލައި 2025 | ބުދަ | 12:13
ލ. މާވަށުގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
"މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގު ނިންމައި، ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެ އެވެ.