ސަލްޓަން ޕާކުގައި ލަންކާގެ ރައީސް އިންދެވީ މޫނިމާގަހެއް
އަދަދު
30 ޖުލައި 2025 | ބުދަ | 5:22
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ސަލްޓަން ޕާކުގައި މޫނިމާ ގަހެއް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އިންދަވައިފި އެވެ.
މިއަދު ހަވީރު އޮތް ކުޑަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު ވެސް އަނޫރާ އާއެކު ބައިވެރިވެވަޑައިގަތެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ސަލްޓަން ޕާކުގައި ގަހެއް އިންދެވި އެވެ. އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޯދީ އާއެކު މުއިއްޒު ވެސް ގަހެއް އިންދެވި އެވެ.