ހުލާސާކޮށް އިއްޔެ: ސަރުކާރުން މަޖުބޫރު ކުރުމުން މައުރޫފު އިސްތިއުފާ ދެއްވުން
އަދަދު
31 ޖުލައި 2025 | ބުރާސްފަތި | 5:55
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، އޭނާ އިސްތިއުފާ ދޭން ސަރުކާރުން މަޖުބޫރު ކުރުމުން އިއްޔެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
މައުރޫފް ރިޓަޔާވާން ހުށަހެޅުއްވީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ ރިޓަޔާމަންޓާ މެދު އޮތީ ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި މަގާމުން އިސްތިއުފާން ދޭން މައުރޫފަށް އެންގީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުންނެވެ.
މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ، މައުރޫފް މަގާމުން ދުރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް ފަހިވާ ގޮތަށް ކަންކަން ނިންމެވުމަށް ދެކޮޅު ހެއްދެވުމެވެ.