އެޗްޑީސީގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑުން އަދިވެސް ފަޒުލް ވަކި ނުކުރޭ
އަދަދު
31 ޖުލައި 2025 | ބުރާސްފަތި | 9:54
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ދެ ކުންފުންޏެއްގެ ބޯޑުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަކި ނުކުރާކަން އެނގިއްޖެ އެވެ.
އެޗްޑީސީ އިން ކުރި ބޮޑެތި ވައްކަންތަކަކާއި ހިންގި ކޮރަޕްޝަންތަކެއް ފަޅާ އެރުމުން ފަޒުލް އިސްތިއުފާ ދެއްވީ ޑިސެމްބަރު 21، 2024، ގަ އެވެ. އެކަމަކު އޭނާއަކީ އަދިވެސް އެޗްޑީސީގެ ދަށުން އުފެއްދި އެޗްޑީސީ އޮފީސް ބިލްޑިންގު އެސްޕީވީ ޕްރައިވެޓް ލިމިޓެޑް އާއި އެޗްޑީސީ ރަސްމާލެ އެސްޕީވީ ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެންބަރެކެވެ.
އެޗްޑީސީ އޮފީސް ބިލްޑިންގުގެ ބޯޑަށް ފަޒުލް އައްޔަންކޮށްފައި ވަނީ ޖުލައި، 2024، ގަ އެވެ. އެޗްޑީސީ ރަސްމާލޭގެ ބޯޑަށް އޭނާ އައްޔަން ކުރީ އޯގަސްޓު، 2024، ގަ އެވެ. އެ ދެ ކުންފުނީގެ ވެސް ޝެއާހޯލްޑަރަކީ އެޗްޑީސީ އެވެ.