އުމްރާއަށް މީހުން ގެންދަން އަސްކޮއިއަށް ދީފައިވާ ހުއްދަ މިނިސްޓްރީން ހިފަހައްޓައިފި
އަދަދު
31 ޖުލައި 2025 | ބުރާސްފަތި | 1:29
އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން މި ފަހަރު ވެސް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާގެ އަޅުކަމަށް ނުގެންދިޔަ މައްސަލައިގައި އެ ކުންފުންޏަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ މިއަދު ހިފަހައްޓައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއިގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފެހެއްޓުމުގެ އިތުރުން އެ ކުންފުނި ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެކަމަކު ޖޫރިމަނާ ކުރަން ކަނޑައަޅާ ވަކި އަދަދެއް މިނިސްޓްރީން ނުނިންމަ އެވެ.
އުމްރާއަށް ދިޔުމަށް އެކި ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ދޫކުރަނީ ދެ އަހަރުގެ ހުއްދައެކެވެ. ރާއްޖެއިން ގިނަ އަދަދެއްގެ ކުންފުނިތަކުން މީހުން އުމްރާއަށް ގެންދެ އެވެ. ނަމަވެސް ހައްޖައަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ.