ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެދި އެމްއޭސީއެލުން ފުލުހަށް

އަދަދު

31 ޖުލައި 2025 | ބުރާސްފަތި | 6:01

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެދި އެމްއޭސީއެލް އިން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ސިޓީގެ ސައްހަކަން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުހައްމަދު ކަށަވަރު ކޮށްދިން ކަމަށް ރާއްޖޭގެ ނޫހަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އެކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ބަހެއް ހޯދަން އަދަދު ނޫހުން ގުޅުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

މައުޟޫޢުތަށް