ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ އާއި އާރްޑީސީއާ ހަވާލުކޮށްފި
އަދަދު
31 ޖުލައި 2025 | ބުރާސްފަތި | 8:36
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ސްޕޯޓްސް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އެ 24 މަޝްރޫއުގެ ތެރެއިން 13 މަޝްރޫއު ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ. އާރްޑީސީއާ ހަވާލުކުރީ 11 މަޝްރޫއެކެވެ.
އާރްޑީސީއާ ހަވާލުކުރީ ފަސް އައުޓްޑޯ ޖިމާއި، ތިން ފުޓުބޯޅަ ދަނޑެއްގެ ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރު ކުރުމަށެވެ. އޭގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލް ދަނޑަކާއި، ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރު ކުރުމަށް ވެސް އާރްޑީސީއާ ހަވާލުކުރި އެވެ.