ޓޫ ސްޓޭޓް ސޮލިއުޝަން: ނިއު ޔޯކް ޑެކްލަރޭޝަނަށް މުއިއްޒުގެ ތާއީދު

އަދަދު

31 ޖުލައި 2025 | ބުރާސްފަތި | 9:46

ފަލަސްތީނުގެ ދައުލަތް ވެސް އދ. އިން ބަލައިގަނެ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި ފާސް ކުރި "ނިއު ޔޯކް ޑެކްލަރޭޝަން" އަށް ރައީސް މުހައްމަދު މުއިއްޒު ތާއީދު ކުރައްވައިފި އެވެ.

އެ ގަރާރަކީ، ފްރާންސް އާއި ސައުދީ އަރަބިއްޔާ ކޯ-ޗެއާ ކުރި ޓޫ ސްޓޭޓް ސޮލިއުޝަން ކޮންފަރެންސްގައި ފާސް ކުރި ގަރާރެކެވެ. ގަރާރުގައި ގޮވައިލަނީ 1967 ގެ ބޯޑަރާ އެއްގޮތަށް ފަލަސްތީނުގެ ބިންތައް ބަލައިގަނެ، ފަލަސްތީނުގެ ދައުލަތް ވެސް ބަލައިގަތުމަށެވެ.

އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި މުއިއްޒު ވިދާޅުވީ، އެ ގަރާރުގެ ސަބަބުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބާޝިޕް ފަލަސްތީނަށް ދިނުމަށް ތާއީދު އޮތް ކަން ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ، އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ފަލަސްތީނު ސަލާމަތް ކުރަން ބައިނަލްއަގުވާމީ މުޖްތަމައިން ބޭނުންވާ މިންވަރު ގަރާރުން ހާމަކޮށްދޭ ކަމަށެވެ.

މައުޟޫޢުތަށް