އޭސީސީގެ ރައީސްއަކަށް ޝާމިލް ބަހައްޓާފައި ހުރީ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް އޮތީމަ: ޔާމީން
އަދަދު
1 އޯގަސްޓު 2025 | ހުކުރު | 12:28
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި އާދަމް ޝާމިލް ބަހައްޓާފައި ހުރީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަނުން ނުބަލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އޮތީމާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް ލިބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ސަރުކާރަށް އަމާޒުވީއިރު ވެސް އެ މައްސަލަތައް އޭސީސީން ނުބަލައި އޮތުމުން ކަމަށެވެ.
"މުއިއްޒު މި ބެއްލެވީ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއޮއް ބޮޑު ކޮރަޕްޝަންތަކުގެ މައްސަލަތައް ހިނގާފައި ހުރި ފަސް އަހަރުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެންމެ މައްސަލައެއް ބަލައި ނުދިން މީހެއް މި ޝާމިލްއަކީ، އެހެންވީމާ ތިމަންނައަށް ގެރެންޓީ އެބައޮތޭ ތިމަންނަގެ ފަސް އަހަރު ވެސް މީނަ ހުރެއްޖެއްޔާ އެއްވެސް މައްސަލައެއް ނުބަލާނެކަން. އެހެންވެގެން ނޫންތޯ މީނަ މި ދަމަހައްޓަނީ،" ޔާމީން ވިދާޅުވި އެވެ.