އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ލިބެނީ އެޕޮއިންޓްމަންޓު ވެސް ދައްކައިގެން

އަދަދު

1 އޯގަސްޓު 2025 | ހުކުރު | 11:59

ބޭރު ގައުމުތަކަށް އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ސަޕޯޓުގެ ގޮތުގައި 1000 ޑޮލަރު ދެނީ ފަރުވާ ހޯދާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓު ހަދާފައި އެ ވެސް ހުށަހެޅުމުން ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން މި ގޮތަށް ކަނޑައެޅީ ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން، އެ ބޭންކުން ޑޮލަރު ދޫކުރަން ކަނޑައެޅި އުސޫލުތައް އާންމުކުރަމުންނެވެ.

މުއިއްޒުގެ އެންގެވުމުގެ ދަށުން ބީއެމްއެލްއިން ވަނީ އާސަންދައިގެ ހަރަދުގައި ބޭސްފަރުވާއަށް ފުރާ މީހުންނަށާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު 2000 ޑޮލަރަށް ބޮޑުކޮށް، އަމިއްލަ ހަރަދުގައި ދާ މީހުންނަށް 1000 ޑޮލަރު މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ.

މައުޟޫޢުތަށް