އާރުޑީސީގެ އެމްޑީއަކަށް އައްޔަނުކުރި ނަޒީމުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް

އަދަދު

1 އޯގަސްޓު 2025 | ހުކުރު | 5:12

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ ބުދަ ދުވަހު އައްޔަނުކުރި މއ. އެލީޒިއަމް، އިބްރާހިމް ނަޒީމްގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، އޭގެން އެއް މައްސަލައިގައި ދައުވާ ވެސް އުފުލާފައިވާކަން އެނގިއްޖެ އެވެ.

މިހާ ހިސާބަށް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 21، 2023 ގަ އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަޒީމް އައްޔަނުކުރީ އެ މަގާމުގައި ހުންނެވި އަހްމަދު ޒުހައިރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކުރުމަށްފަހު އެވެ.

މައުޟޫޢުތަށް