ހުލާސާކޮށް އިއްޔެ: ޝާމިލް އިސްތިއުފާ ދޭން ގޮވައިލުން
އަދަދު
2 އޯގަސްޓު 2025 | ހޮނިހިރު | 6:27
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި އާދަމް ޝާމިލް ބަހައްޓާފައި ހުރީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަނުން ނުބަލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އޮތީމާ ކަމަށާއި އޭސީސީގެ ގާނޫނީ ޒިންމާ އަދާ ނުކުރެވުނުކަން ގަބޫލުކޮށް ޝާމިލް އިސްތިއުފާ ދޭންޖެހޭ ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ޕީއެންއެފް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް ލިބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ސަރުކާރަށް އަމާޒުވީއިރު ވެސް އެ މައްސަލަތައް އޭސީސީން ނުބަލައި އޮތުމުން ކަމަށެވެ.
"މުއިއްޒު މި ބެއްލެވީ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއޮއް ބޮޑު ކޮރަޕްޝަންތަކުގެ މައްސަލަތައް ހިނގާފައި ހުރި ފަސް އަހަރުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެންމެ މައްސަލައެއް ބަލައި ނުދިން މީހެއް މި ޝާމިލްއަކީ، އެހެންވީމާ ތިމަންނައަށް ގެރެންޓީ އެބައޮތޭ ތިމަންނަގެ ފަސް އަހަރު ވެސް މީނަ ހުރެއްޖެއްޔާ އެއްވެސް މައްސަލައެއް ނުބަލާނެކަން. އެހެންވެގެން ނޫންތޯ މީނަ މި ދަމަހައްޓަނީ،" ޔާމީން ވިދާޅުވި އެވެ.