ވަޅިން ބިރު ދައްކައި 700ރ. ފޭރުނު މީހަކަށް 10 މަހުގެ ޖަލު ހުކުމެއް

އަދަދު

3 އޯގަސްޓު 2025 | އާދިއްތަ | 11:50

މާލޭގެ ފިހާރައެއްގެ ކޭޝިއަރަކަށް ހުރި މީހަކަށް ވަޅިން ބިރު ދައްކައި އެ ފިހާރައިގެ ވަތްގަނޑުން 700ރ. ނެގި މައްސަލާގައި ދައުވާ އުފުލި ހ. ރެދަން، މާލެ، ފަވާޒް ކަޅުތުއްތުގެ މައްޗަށް 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ މެއި 1، 2025 ވަނަ ދުވަހު އިސްކަންދަރު މަގުގައި ހުންނަ "ފަރާއޯ" ފިހާރައަށް ވަދެ އެ ފިހާރައިގެ ވަތްގަނޑު ހުޅުވަން ހުރަސް އެޅި ނޭޕާލްގެ ކޭޝިއަރަށް ވަޅިން ބިރު ދެއްކުމަށް ފަހު ވަތްގަނޑުން 700ރ. ނަގައިގެން ދިޔުމުން އޭނާ ހައްޔަރު ކުރުމަށް ފަހު ކުރި ދައުވާއެކެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭރުމާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.

މައުޟޫޢުތަށް