އެޗްޑީސީގެ ޑީއެމްޑީއަކަށް އާރްޑީސީގެ ޑީއެމްޑީ އަސްބާހު އައްޔަނުކޮށްފި

އަދަދު

3 އޯގަސްޓު 2025 | އާދިއްތަ | 2:34

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު މިއަދު އައްޔަނުކޮށްފި އެވެ.

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަނުކުރީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޒުހައިރު އެވެ. މިގޮތުން އެޗްޑީސީއަށް އަސްބާހޔ ގެނައީ ޒުހައިރު ބޭނުންވާތީ ކަމަށް ބެލެވެ އެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު މިދިޔަ ޖުލައި 31، ގައި ހުސްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެޗްޑިސީގެ ކުރީގެ އެމްޑީ މައުރޫފް ޖަމީލް ބޭނުންވެގެންނެވެ. މިގޮތުން މައުރޫފް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ވެސް އިސްތިއުފާ ދެއްވީ އެވެ.

މައުޟޫޢުތަށް