ކައުންސިލްތައް ތަޅުއެޅުވުމުގެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވާންޖެހޭ: އާޒިމް

އަދަދު

4 އޯގަސްޓު 2025 | ހޯމަ | 7:15

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވަމުން އަންނައިރު ކައުންސިލްތަކުގެ މުހިއްމު މަސައްކަތްތައް ކުރިއަށް ނުގެންދަވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައި ވަނީ އިހުލާސްތެރި ބަދަލެއް ނޫން ކަމަށާއި، އެ ބިލާ ދެކޮޅަށް ވީހާ ވެސް ގިނަ ކައުންސިލްތަކުން ތެދުވުމަށް މާލޭ މޭޔަރު އާދަމް އާޒިމް ގޮވާލައިފި އެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ.

ފާޑުކިޔުން އަމާޒުވެފައިވާ އެ ބިލާ ގުޅޭ ގޮތުން އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަޔަކު ނަގަން ސަރުކާރުން ލިސްޓު ހަދައިގެން މަސައްކަތް ކުރަމުންދާކަމުގެ ހަބަރު ލިބެމުންދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް މި ސަރުކާރުން ގިނަ ބަޔަކަށް ވަޒީފާ ދިނެވެ.

މައުޟޫޢުތަށް