ކައުންސިލްތައް ތަޅުއަޅުވަނީ ޖާހިލު، ޔަހޫދީ ވިސްނުމުގައި އިންތިހާބު ނަގަން: ނިޒާރު

އަދަދު

4 އޯގަސްޓު 2025 | ހޯމަ | 9:10

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ ޖާހިލު އަދި ޔަހޫދީ ވިސްނުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނެގުމަށް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

މި ނޫން ވެސް އިތުރު ބަދަލުތަކާއެކު ހުށަހަޅާފައިވާ އެ ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މައުޟޫޢުތަށް