ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭން އައްބާސް ގޮވާލައިފި

އަދަދު

4 އޯގަސްޓު 2025 | ހޯމަ | 12:51

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަނީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތަށް ނެގުމަށް ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެ އިންތިހާބުގައި ވޯޓު ނުދިނުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ބިލްގައި ވަނީ ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވެ އެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވި ގޮތުގައި އެއީ ކައުންސިލްތަކުގެ ދައުރު ފުރިހަމަ ކުރަން ހުރަސް އެޅުމެވެ.

މައުޟޫޢުތަށް