ލާމަރުކަޒީ އިސްލާހާ ގުޅިގެން ކުޅުދުއްފުއްޓާއި ގަމު ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފި

އަދަދު

4 އޯގަސްޓު 2025 | ހޯމަ | 7:41

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ލ. ގަން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގަމު ކައުންސިލުން ވަކިވަކިން ނެރުނު ނޫސް ބަޔާނުގައި ބުނީ ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތައް އިދާރީ ގޮތުންނާއި މާލީ ގޮތުން ބާރުވެރިކުރުމަށް 19 ވަނަ މަޖިލީހުން ގެނެސްފައިވާ މުހިންމު އިސްލާހުތަކުގެ ބާރު ކަނޑުވާލައި، ކައުންސިލްތަކަށް ހުޅުވިފައި އޮތް ދޮރުތައް ބަންދުކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

"މި ބަދަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭނެ، ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާއި ވެސް ހިލާފު ބަދަލުތަކެއް. އަދި މިއީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާގެ ނަތީޖާއަށް ވެސް ރިއާޔަތްކުރުމެއްނެތި ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއްކަން ފާހަގަކުރަން،" އެ ދެ ކައުންސިލުން ވެސް ބުންޏެވެ.

މައުޟޫޢުތަށް