ކައުންސިލްތަކުގެ ބާރު އަތުލުމުގެ ބިލަށް ހިޔާލު ހުށަހަޅަން 24 ގަޑިއިރު ވެސް ނުދިން!

އަދަދު

4 އޯގަސްޓު 2025 | ހޯމަ | 9:52

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދީ، އެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލިކަން ދެއްކުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނެއް ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި ބިލާމެދު އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާލޭ މޭޔަރު އާދަމް އާޒިމް، އައްޑޫ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށް، އަދި އެ ބިލަށް ބައެއް ކައުންސިލްތަކާއި އާންމުން ފާޑުކިޔަމުން ދަނިކޮށް އެ ބިލް ހިޔާލަށް ހުޅުވައިލީ މިއަދު ހަވީރު 6:00 ހާއިރު އެވެ.

"އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 5 އޯގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އީމެއިލް, [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ލިޔުމުން ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.

މައުޟޫޢުތަށް