ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް، ދެކުނަށް ވައިޓް އެލާޓް ނެރެފި

އަދަދު

5 އޯގަސްޓު 2025 | އަންގާރަ | 9:28

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފި އެވެ.

މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 އަށް ނެރުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރުމަށްފަހު އެވެ.

އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ހެނދުނު 7:30 އިން ފެށިގެން މެންދުރު 1:30 ގެ ނިޔަލަށް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މައުޟޫޢުތަށް